އެމްޑީޕީ ޕީޖީގެ އިސް ބޭފުޅުން
އެމްޑީޕީ ޕީޖީގެ އިސް ބޭފުޅުން
އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ފާސްކުރުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ކޮމިޓީން މަޖިލީހުގެ ތަޅުމަށް މިހާރު ފޮނުވާފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރުމަށް އެމްޑީޕީން ތްރީލައިން ވިޕް ނެރެފައިވަނީ މިއަދު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ.

މިއަދުގެ އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ވަނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރުމަށް ބަޖެޓަށް 50 މިލިއަން ރުފިޔާ އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހަށް ވޯޓު ނުދޭން ނިންމައިފަ އެވެ.

ޕީޖީ ގްރޫޕްގެ ނިންމެވުމާ ގުޅިގެން ޙިސާން މިހާރުވަނީ އެ އިސްލާޙު އަނބުރާ ގެންދަވާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވޯޓަށް އެހުން މިއަދު 1:30 އަށް މަޖިލީހުގެ ތަޅުމުގައި ވަނީ ތާވަލްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން