މާލެއަތޮޅު ގުޅީގެ އިހްތިސާސުން ފުށިދިއްގަރުފަޅު ވަކިކޮށްފި އެވެ.

ގުޅީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެންނަވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.

ފުށިދިއްގަރު ފަޅު ހިއްކައި، 11،000 ގޯއްޗާއި 20،000 ފްލެޓް އެތަނުގައި ތަރައްގީކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. 1200 ހެކްޓަރުގެ އެ ތަނަކީ ހުޅުމާލޭގެ ދެ ފޭސް އެއްކޮލުމުން އޮންނަ ޖާގައަށްވުރެ 3 ގުނަ ބޮޑު ސަރަހައްދެއްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް މަޖިލީހުގެ ބަޖެޓު ދިރާސާކުރި ކޮމިޓީން ވަނީ އެ މަޝްރޫޢަށް ބަޖެޓުގައި ހިމަނާފައިއޮތް 400 މިލިއަން ރުފިޔާ އުނިކޮށްފަ އެވެ. އަދި އެމަޝްރޫއުއަށް ހަމަޖައްސާފައި އޮތް ފައިސާ ވަނީ އެހެން މަޝްރޫއުތަކަށް ބަހާލާފައެވެ.

ބަޖެޓް ކޮމިޓީން ބުނެފައިވަނީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުން އުނިކުރީ އެކަން ކުރަން ބޭނުންވާ ފައިސާ ހަމަޖައްސާފައި ނެތުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ހަސީނާ

16-Dec-2023

ވަރަށް ސާފުކޮށް ބުނަމެވެ. މާލޭ މީހުނެއް ވާދޫ ކަނޑު ފަތާފަދާން މި ގަރުނުގެ އިސްރާފު ކުރާނެކަމަށް ނެތެވެ. ތިޔަ ފައިސާއިން ކުރާނެ މާލެ މީހުނަށް މާ މުހިންމު ކަންތައް އެބަހުއްޓެވެ.



ޓްރެންޑިން