ތިން ރަށެއްގެ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާ ކަމަށް އީސީން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށްދަނީ ހއ. ކެލާ، ނ.މާފަރު، އަދި އދ.ހަންޏާމީދޫ ކައުންސިލް މެންބަރުގެ އިތުރުން މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ކަމަށެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައި ކަމަށާއި ހަވީރު 16:00 ގެ ނިޔަލަށް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.



ޤާނޫނަށް ފަހުންގެނައި ބަދަލާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ޖެހެނީ މެންބަރެއްގެ ގޮނޑި ހުސްވާތާ 365 ދުވަހުގެ ތެރޭގައެވެ.

ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެންބަރުން އިންތިޚާބުވިފަހުން ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން