ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަކީ ބަލައިގަންނަންޖެހޭ ކަމެއް ކަމަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބަރަހާނާ ވެބްސައިޓް ތަކަށް ނުވަދެވޭ ގޮތް ހެދީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް އެކަން އެގޮތަށް ކުރުމަށް ސަރުކާރުން އެންގި އެންގުމަކާއި ގުޅިގެންނެެވެ.

އެކަމާ ގުޅިގެން މަޙްލޫފް ވިދާޅުވީ ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމުމަކީ މުޖުތަމަޢުން ބަލައިގަންނަންޖެހޭކަމެއް ކަމަށެވެ. އެގޮތުން ބަރަހަނާ ސައިޓުތަކުގެ ސަބަބުން އެނގުމާއި ނޭގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ދިޔައީ ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުންކަން މަޙްލޫފް ފާހަގަ ކުރެއްވިއެވެ.

“މިމުހިއްމު ނިންމުމަށް ސަރުކާރަށް ޝުކުރުއަދާކުރަން.” މަޙްލޫފް ވިދާޅުވެފައިވެއެވެ.



ރާއްޖޭގައި ބަރަހަނާ ސައިޓް ތަކަށް ނުވަދެވޭ ގޮތް ހެދުމަށް ބައެއް ދީނީ ޢިލްމުވެރިން މީގެކުރީގެ ސަރުކާރުތަކަށް ގޮވާލާފައި ވީނަމަވެސް އެކި ކަހަލަ ބަހަނާތައް ދައްކައިގެން އެކަން ކުރުމަށް ސަރުކާރުތަކުން ވަނީ އުޒުރުވެރިވެފައެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި، ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް އޭރުގެ ޕްރޮސިކިއުޓަ ޖެނެރަލް، ހޯމް މިނިސްޓަރީއަށް އަންގާފައިވެއެވެ. ނަމަވެސް އޭރު އެކަން ތަންފީޒު ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން