ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލަކާގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުالله (މޮސްޓާ) އެވެ. މޮސްޓާ ހުށައެއްވި މައްސަލާގައިވަނީ އެއްޖިންސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ބޮޑު ފާފައެއް ކަމަށްވީ ނަމަވެސް ރާއްޖޭގައި މިފަދަ ކުށްތައް ކުރުން އާންމުވަމުންދާ ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން މިފަދަ ކުށްތަކުގައި ދައުވާ ކުރަނީ ލުއި އަދަބުތަކެއް ލިބޭ ގޮތަށް ކަމަށާއި އެހެން އެވަނީ ޕީޖީ އޮފީހުގައިވެސް އެފަދަ މީހުން ތިބުމުންކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ރާއްޖޭގައި ދީނާ ހިލާފު އެތައް ކަމެއް ކުރަމުންދާއިރު އެކަންކަން ކުދިކުދި ކަންކަމަށްވެ އާންމުވަމުންދާ ކަމަށެވެ. ނަމަވެސް ދީނުގައި އޮންނަ ޖިހާދުގެ ވާހަކަ ދައްކާ މީހުންނަކީ ޓެރަރިސްޓުން ކަމަށް ހަދައި ބޮޑެތި އަދަބުތައް ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޮސްޓާ ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާމެދު ނެގިވޯޓުގައި 18 މެންބަރުން ވަނީ މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން