ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިން ފައިލޭރިއާއަށް ސްކްރީންކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ރާއްޖޭން މިހާތަނަށް ފައިލޭރިއާއަށް 26 ބިދޭސީން ޕޮޒިޓިވްވެފައި ވާއިރު އޭގެ ތެރެއިން 25 މީހުންނަކީ ކުޅުދުއްފުށީގައި ހިންގި ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިން ދެނެގަނެވުނު ބަޔެކެވެ. އޭގެ ފަހުން ހުޅުމާލޭންވެސް ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ވަނީ ފެނިފައެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖޭން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންނަކީ ޢާއްމުކޮށް އެބަލި ފެންނަ ޤައުމުތަކުން އައިސްފައިވާ މީހުން ކަމަށެވެ. އެކަމާ ގުޅިގެން ޑަބްލިއު.އެޗް.އޯ އާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
އޭގެ އިތުރުން ކުޅުދުއްފުށިން ބައްޔަށް ޓެސްޓުކުރި 439 މީހުންގެ ތެރެއިން 414 މީހުން ވަނީ ބައްޔަށް ނެގަޓިވް ވެފައެވެ. އަދި އެރަށުން ޓެސްޓުކުރި އެއްވެސް ދިވެއްސަކު ބައްޔަށް ޕޮޒިޓިވް ނޫންކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.
ފައިލޭރިއާއަށް ޓެސްޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ވިލިމާލެ ހުޅުމާލެ އަދި ތިލަފުށީގައި ފަށާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެބައްޔަށް ފަރުވާއަށް ދެވޭ ބޭސްތަކުގެ ތެރެއިން އެއް ބާވަތުގެ ބޭސް މި ވަގުތު ރާއްޖެއިން ލިބެން ނެތުމުން ބޭސް ހޯދުމުގެ މަސައްކަތާއި ސްކްރީނިންގ ކިޓު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.
މިބަލިން ރައްކާތެރިވެ ތިބުމަށްޓަކައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ރަށުތެރެ ސާފުކުރުމާއި، މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، ރަށުތެރެ ފޮގް ކުރުން ފަދަ މަސައްކަތްތައް ކައުންސިލްތަކާ ގުޅިގެން ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއްގެ (ޕްރެސައިޓް) ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. އަދި މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޖަރާސީމެކެވެ.
ފައިލޭރިޔަކީ ބަލި ރާއްޖެއިން ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު