މާރޗް 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ހިދުމަތް ތަޢާރަފްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހެލްތް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް އެއަރ އެމްބިއުލާންސް ތައާރަފް ކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވާން މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން ދެ އެއަރ އެމްބިއުލާންސެއް ތައްޔާރުކޮށް މޯލްޑިވިއަންއާ ގުޅިގެން ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެއަރ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހެލްތު މިނިސްޓްރީގައި ގާއިމުކޮށްފައިވާ ކަމާގުޅޭ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުން މާލެއަށް ގެންނަ ބަލި މީހުން މިހާރު ވައިގެ މަގުން އުފުލަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި، މޯލްޑިވިއަންގެ އެއާކްރާފްޓް ބޯޓުތަކުގައެވެ.
ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު