މަސްވެރިކަމަށް ނުކުމެ އުޅުނު ގއ. ވިލިނގިލީ ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެމީހާގެ ޙާލު ދެރަވެގެން ގއ. ދާންދޫ ސިއްހީ މަރުކަޒަށް ރޭ ދަންވަރު 12:25 ހާއިރު ގެންދިޔައިރު ވެސް އެ ބިދޭސީ މީހާ މަރުވެފައިވާ ކަމަށެވެ.

މަރުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން