އައު ސީއީއޯއާއެކު އެލްޖީއޭއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ކައުންސިލްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް މިހެން ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ޑރ މަރިޔަމް ޒުލްފާ އިއްޔެ އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ އާ ސީއީއޯގެ ލީޑާޝިޕްގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އިތުރަށް ބާރުވެރިކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޒުލްފާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. 2012 އިން ފެށިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މިއަހަރު އަލުން ރާއްޖެ ވަޑައިގެން އޭނާ ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ވައުދާއެކުއެވެ. އޭގެ ތެރެއިން ގިނަ ކަންތައްތަކެއްގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން