ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރަޖިސްޓްރީ ނުކޮށް ޚަބަރު ގެނެސްދޭތީ ބްލޮކްކުރި ދެ ވެބްސައިޓް ސަރުކާރުން އަންބްލޮކް ކޮށްފި އެވެ.

ސަރުކާރުން ބްލޮކް ކޮށްލާފައިވަނީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް އެވެ. މި ދެ ވެބްސައިޓަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. ނަމަވެސް މިދެ ނޫހަކީވެސް މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ލިޔުންތައް ޕަބްލިޝް ކުރާ ދެ ވެބްސައިޓެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިއަދު ވަނީ އެ ދެ ވެބްސައިޓް އަންބްލޮކް ކޮށްފައެވެ. އެ ދެ ވެބްސައިޓް ބްލޮކްކުރި ދުވަސްވަރު ރަޖިސްޓާ ކޮށްގެން ހިންގަމުން ދިޔަ 'ފުރަތަމަ' ނޫސްވެސް ބްލޮކް ކޮށްފައިވެއެވެ. ނަމަވެސް، ގާތްގަނޑަކަށް 24 ގަަޑިއިރަށް ފަހު ފުރަތަމަ.ކޮމް ވަނީ އަންބްލޮކް ކޮށްފަ އެވެ.

ރަޖިސްޓްރީ ނުކޮށް ޚަބަރު ފަތުރާތީ ބްލޮކްކުރި ދެ ވެބްސައިޓު މިއަދު އަންބްލޮކު ކޮޮށްފައިވާއިރު، ވެބްސައިޓުތަކަށް ނުވަދެވޭގޮތަށް ބްލޮކު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ވެބްސައިޓްތައް ބްލޮކްކުރި މައްސަލާގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެފައިވަނީ ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ސައިޓެއް ބްލޮކް ނުކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން