މިރާއްޖޭގައި ޚުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ސޮއި ކުރުމާ ގުޅިގެން ފައްޔާޒް ވިދާޅުވީ އެ މެންބަރުން އެމްޑީޕީއަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރުއަދާކުރަށްވާ ކަމަށެވެ.

އަދި ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން އެމްޑީޕީ ދާނީ ކުރިއަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި 65 މެންބަރުން އިންތިހާބުވި އެވެ. ނަމަވެސް ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ މެދުގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކުގައި އެމްޑީޕީގެ މެންބަރުންތަކެއް ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމާ އެކު އެ ޢަދަދު ވަނީ ދަށްވެފައެވެ.

އަދި ރޭ ޕީއެންސީއަށް އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ސޮއިކުރެއްވުމާ ގުޅިގެން މަޖިލީހުގައި މިހާރު ތިބީ އެމްޑީޕީގެ 43 މެންބަރުންނެވެ.

އެމްޑީޕީ މެމްބަރުން ސޮއިކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިނގިލި ބުރިކޮށްލިޔަސް އެމަނިކުފާނާ ދެކޮޅުނުވާނެ ގިނަ މެންބަރުންތަކެއް އެމްޑީޕީގައި އަދިވެސް އެބަތިއްބެވި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން