ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމެންބަރަކު ނިސްބަތްވާ ޕާޓީން ވަކިވާންވާނީ އިންތިޚާބީ މެންބަރުކަމުގެ ގޮނޑި ދޫކޮށްލުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ސޮއި ކުރުމާ ގުޅިގެން އިކްރާމް ވިދާޅުވީ ޕާޓީން ވަކިވާނަމަ ރީތި ގޮތަކީ މަޖްލިސް ގޮނޑިން އިސްތިއުފާ ދެއްވުން ކަމަށެވެ.

އިކުރާމް ވިދާޅުވީ އޭނާ ވޯޓްލާ ދާއިރާގެ މެންބަރަށް ވޯޓު ދިނީ އާދަމް އަލީ ވެގެންނޫން ކަމަށާއި، އެމް.ޑީ.ޕީ ޓިކެޓްގައި ވާދަކުރި ކެނޑިޑޭޓަށް ވުމުން ކަމުގައެވެ. އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވީ މެންބަރު އާދަމް ޢަލީ ރޭވަނީ ކޮންގްރެސް ޕާޓީއަށް ސޮއި ކުރަށްވާފައެވެ.

“ޕާޓީ ބަދަލް ކުރުމާއެކު އަޅުގަނޑުގެ ވޯޓް މިހާރު ހައްޤެއް ނުވާނެ. ޕާޓީން ވަކިވާންވާނީ ގޮނޑި ދޫކޮއްލާފަ.” އިކްރާމް ވިދާޅުވިއެވެ.



އިކްރާމް މިމޭރުމުން ވިދާޅުވެފައިވާއިރު މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި 65 މެންބަރުން އިންތިހާބުވި އެވެ. ނަމަވެސް ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ މެދުގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކުގައި އެމްޑީޕީގެ މެންބަރުންތަކެއް ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމާ އެކު އެ ޢަދަދު ވަނީ ދަށްވެފައެވެ.

އަދި ރޭ ޕީއެންސީއަށް އެމްޑީޕީގެ 13 މަޖިލިސް މެންބަރުން ސޮއިކުރެއްވުމާ ގުޅިގެން މަޖިލީހުގައި މިހާރު ތިބީ އެމްޑީޕީގެ 43 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން