ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމުގެ ޒިންމާއަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ފޮރިން މިނިސްޓރަ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހއ. އިހަވަންދޫގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދަނވަޅުން އަރައިގަތުމަށް ދިވެހި ސަރުކާރުންވެސް މުހިންމު ގިނަ މަސައްކަތްތަތަކެއް ކުރަމުންދާކަމަށެވެ.
މިމަސައްކަތުގައި ދިވެހި ކޮންމެ ފަރުދެއްގެ، ކޮންމެ މީހެއްގެ ޒިންމާއެއް އޮތްކަމަށްދެކި މިމަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ ގޮވާލާފައެވެ. މިކަން ކުރުމުގައި އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ ރައްކާތެރިވެތިބުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ފުރިހަމަ ޞިއްހަތެއްގައި ތިބެގެން ނޫނީ އެއްވެސް ކަމެއް ނުކުރެވޭނެކަން ގަބޫލުކުރަންޖެހޭކަމުގައިވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
"ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމުގެ ޒިންމާ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ބޮލުގައި ވަނީ އެޅިފައި. މި ޒިންމާ ފުރިހަމައަށް އަދާނުކޮށް ރާއްޖޭގެ އިޤްތިސާދު ރަނގަޅެއް ނުކުރެވޭނެ." މިނިސްޓަރ އޮފް ފޮރިން އެފެޔާޒް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ދަތުރުފަތުރުގެ ކަންކަން ހުޅުވާލަމުން ދާއިރު ބަލަމުން ދަނީ އެޤައުމެއްގައި ކޯވިޑް-19 ފެތުރެމުންދާ ނިސްބަތައް ކަމަށާއި ޤައުމުގެ އިޤްތިސާދު މިއަދު އޮތް ހާލަތުން ނަގައި ކޮޅަށްޖެހުމަށް، ޚާއްސަކޮށް ބަލިފެތުރުން ކުޑަކުރުމައްޓަކައި ދިވެހި ކޮންމެ ރައްޔިތަކުވެސްފަރުދީ ޒިންމާ އަދާކުރުން މުހިއްމުކަމަށެވެ.
ކުރިއަށް އޮތީ ބޮޑު ބަންދަކަށްވެފައި ޚާއްސަކޮށް ބޮޑު އީދުގެ އުފާވެރި ދުވަސްތަކަށްވުމުން އީދުގެ އުފާ ހާސިލްކުރުމުގައިވެސް އެންމެބޮޑު އިސްކަމެއްދޭންޖެހެނީ ޞިއްޙީ ރައްކާތެރިކަމަށް ކަމޖުގައި މިނިސްޓަރ ވިދާޅުވިއެވެ. ކުޅިވަރު ކުޅުމުގައާއި، މަޖާ ނެގުމުގައި ގައިދުރުކަން އިސްކޮށްގެން އީދު އުފާ ހާސިލްކުރުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށެ ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ކުރިމަތިލާ ޤައުމީ އީދުގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ޞިއްޙީ ޚިދުމަތްތެރިން އެދެއްވާ އިރުޝާދުތަކަށް ބޯލަނބާ، އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑު މިބަލިން ސަލާމަތްކުރުމަށް އަތުގުޅާލާ އީދަކަށް ހެދުމަށް ގޮވާލަން." މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
މިފަދަ ބުރަ ބޮޑު ކަމަކާއި ޤައުމު ކުރިމަތިލައިގެން އުޅޭއިރު މިހާލަތުގައި އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންގެ އަގުވަޒަންކުރަން ޖެހޭކަން ފާހަގަކުރައްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޞިއްޙީ ޚިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކުގެ އިތުރުން މިބަލިމަޑުކަމުގެ ތެރޭގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އެންމެނަށް ހިތްވަރުދެއްވައި ޝުކުރު އަދާކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު