ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ކަމަށް ނައިބު ރައީސް އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އަހަރުގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކީ ރައީސް ޑރ މުއިއްޒު ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާއަކުން ނިންމާފައިވާ ޕޯސްޓެއް މީސް މީޑިއާގައި ހިއްސާކުރައްވަމުންނެވެ.

ސެމްބެ ވިދާޅުވީ ރައީސް ޑރ މުއިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދަމަހައްޓަވައި ހިދުމަތްތެރި ސަރުކާރެއް ބިނާކުރެއްވުމަށް ކަމަށެވެ.

އަދި މާތް ރަސްކަލާނގެ އިރާދަފުޅާއެކު ރައީސް މުއިއްޒަކީ ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭނެ ވެރިއަކަށް ވެގެންދާނެކަން ޔަގީންކުރައްވާ ކަމަށްވެސް ނައިބު ރައީސް ސެމްބެ ވިދާޅުވިއެވެ.

ނައިބު ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު ވެރިކަމަށް ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސް މުޢިއްޒުގެ ކޮންގްރެސް ޕާޓީއަށް ސާޅީސް ހާސް މެންބަރުން ހަމަވެފައިވާކަމަށް އެޕާޓީން މިހާރު ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށްވެސް އެޕާޓީ މިހާރުވަނީ ވެގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން