މިއަދު މުޅިރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ރީނދޫ އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ނ އަތޮޅުން މާލެ ސިޓީ ހިމެނޭހެން 8 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައެވެ.

އެގޮތުން ހެނދުނު ނުވައަކުން ފެށިގެން މެންދުރުފަހު އެކެއް ޖަހަންދެން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.



މެޓް އޮފީހުން ރީނދޫ ސަމާލު މެޓުން ނެރެފައިވަނީ ނ،ރ،ބ،ޅ،ކ،އއ،އދ،ވ އަދި ފ އަތޮޅަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރުފަހު 01:30 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން މަނާ ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން