ވައިޑް-ބޮޑީ އެއާކްރާފްޓެއް ހޯދަން ގައުމީ އެއަރލައިނުން އިއުލާނުކޮށްފިއެވެ.

ވައިޑް-ބޮޑީ އެއާކްރާފްޓު ގެނެސް ޤައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މޯލްޑިވިއަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެ އެއަރލައިނުން ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް ފުޅާކުރުމަށްޓަކައި އެއާބަސް އޭ-330-220 މަރުކާގެ މަތިންދާބޯޓެއް ޑްރައި ލީސް އުސޫލުން އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ.

އެގޮތުން މިބީލަމަށް ކުރިމަތިލުމުގެ ފުރުސަތު 2024 ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާއި ހަމައަށް ހުޅުވާލާކަމަށް އިޢުލާނުގައިވެއެވެ. އޭގެއިތުރުން ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި އެ މަތިންދާބޯޓު އެކުންފުންޏަށް ފޯރުކޮށްދޭންޖެހެއެވެ.

ޑްރައި ލީސްގެ އުސޫލުން ހޯދާ އުޅަނދުތައް މަރާމާތުކުރުމާއި ތެޔޮ އެޅުމާއި ފަޅުވެރިން ހަމަޖެއްސުން ފަދަ މަތިންދާބޯޓު އޮޕަރޭޓުކުރުމުގައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އެ އުޅަނދު ކުއްޔަށް ނަގާ ފަރާތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން