މެެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި މުޅިމާލޭގައި ފެންބޮޑުވެއްޖެއެވެ.

ރެއިން ފެށިގެން މާލެއަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހެމުންދާއިރު މާލޭގެ މަގުތަކުގައި މިހާރުވަނީ ފެން ބޮޑުވެފައެވެ.

އެގޮތުން އަމީނީ މަގާއި، ބޭރު މަގާއި، މަޖީދީ މަގުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ވަނީ ފެން ވަދެފައެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޮޑުވެފައެވެ. އެކަމާގުޅިގެން އެމްއެންޑީއެފުން ވަނީ މާލެ އާއި ހުޅުމާލޭގައި ފެންހިއްކުމުގެ މަސައްކަތް ފަށާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑުއާއި، ފުވައްމުލަކުގެ ގިނަ ގެތަކަށް ފެން ވަދެ ގިނަ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މެޓް އޮފީހުން މިހާރުވަނީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ރީނދޫ އެލަރޓްވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން