މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ކްރިމިނަލް ކޯޓާއި ޕީއެސްއެމް އަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.
އެގޮތުން ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތުގައި ފެންބޮޑުވުމާ ގުޅިގެން ކޯޓުގެ ހުރިހާ އަޑުއެހުންތައް ވަނީ ކެންސަލްކޮށްފައެވެ. ފެންބޮޑުވުމުގެ ސަބަބުން ކޯޓުގެ ސާވަރ ރޫމަށްވެސް ފެނުގެ އަސަރު ވަނީ ކޮށްފައެވެ.
ހަމައެއާއެކު ކޯޓުގެ ކަރަންޓު ވިއުގައަކަށް ފެނުގެ އަސަރުކޮށް ކަރަންޓު ޝޯޓުވަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އިތުރުން ޕީއެސްއެމްގެ ދެ ޢިމާރާތަށްވެސް ވިއްސާރާގައި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން ޕީއެސްއެމްގެ ބެކަޕް ސިސްޓަމް ހުރި ރޫމްގެ ސީލިންގުން ފެންފައިބަމުން ދާއިރު މާސްޓަރ ކޮންޓްރޯލް ރޫމްގެ ސިސްޓަމްތަކަށްވެސް ވަނީ ފެން އެޅިފައެވެ.
މީގެ އިތުރުން ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައި ހުންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީލިންގުން ބައެއް ވެއްޓިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ރެއިން ފެށިގެން މާލެއަށް ހުއްޓާނުލާ ވެހެމުންދާ ވާރެއާއެކު މާލޭގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާތީ ކަމާބެހޭ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު