ފެން ބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފައިވަނީ މިއަދު 15:15 އިން 17:30 އަށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށެވެ.
މީގެ އިތުރުން ފެން ބޮޑުވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
އަދި، ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ހަވީރު 5:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މެޓް އޮފީހުން އޮރެންޖު ސަމާލު ނެރެފައިވާއިރު މާލެ ހިމެނޭހެން ބައެއް ރަށްރަށުގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ.

Alert Orange for Torrential rain and possible flooding. pic.twitter.com/phpeuePa5r
— Maldives Meteorology (@MetMaldives) December 31, 2023
އަދި، ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ހަވީރު 5:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މެޓް އޮފީހުން އޮރެންޖު ސަމާލު ނެރެފައިވާއިރު މާލެ ހިމެނޭހެން ބައެއް ރަށްރަށުގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު