އާ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކަށް އިނގިރޭސިވިލާތުގެ ރައްޔިތަކު ވެއްޖެ އެވެ.
2024 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ބެންޖަމިން ޑެންކަން މުއާ ނަމަކަށް ކިޔާ ފިރިހެން ފަތުރުވެރިއެކެވެ.
ބެންޖަމިން ރާއްޖެ އައުމާއެކު އޭނާއަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.
ބެންޖަމިންއަށް މަރުހަބާ ވިދާޅުވެ ފައިސަލް މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ފަތުރުވެރިކަމުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ،
ހަމަ އެހެންމެ ފަތުރުވެރިކަމުގެ ދާއިރާގައި މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެ ސިނާއަތު އިތުރަށް ފުޅާކޮށް އިތުރު މާކެޓްތައް ހޯދަން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ނިމިގެން ދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން ކަނޑައެޅި އަމާޒަށް ވާސިލް ވެވުނު އިރު މި އަހަރު ސަރުކާރުން އަމާޒު ހިފައިފައި ވަނީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
ފައިސަލް ދާދި ފަހުން ވިދާޅުވީ މި އަހަރު 12 ނުވަތަ 15 ރިސޯޓް އަލަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއާއެކު 1000 އެނދު އިތުރު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރިސޯޓް ހެދުމަށް ދޫކޮށްފައިވާ 63 ރަށެއް ނުހެދި އެބަ އޮތެވެ. އަދި އޭގެ ތެރެއިން ބައެއް ރަށްތަކަކީ 15 ނުވަތަ 20 އަހަރު ވެފައިވާ ރަށްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު