މާލޭގައި ބޮޑުވި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ޙަރަކާތްތެރިވަނީ
މާލޭގައި ބޮޑުވި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ޙަރަކާތްތެރިވަނީ
މިހާތަނަށް ހުޅުލެއަށް އެންމެ ގިނައިން ވާރޭ ވެހުނީ އިއްޔެ ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.

މޯލްޑިވްސް މިޓިރޮލޮޖީ ސާވިސަސް (މެޓް) އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ހުޅުލެއަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ.

މެޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ހުޅުލެއަށް 179.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ބ. ގޮއިދުއަށް 105.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ.



އިއްޔެ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ ބައެއް ގޭގެއަށް ވެސް ފެންވަދެފައި ވެއެވެ.

އެންޑީއެމްއޭގެ ޗީފް އެކްޒެކްޓިވް ހިސާން ހަސަން ރޭ ވިދާޅުވީ، ވިއްސާރާގައި މާލޭގެ 140 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި 41 މީހަކު ގެސްޓުހައުސްތަކަށް ބަދަލުކުރަން ޖެހުނުކަމަށް ޙިސާން ވިދާޅުވިއެވެ.

އެންޑީއެމްއޭ އިން ބުނެފައިވަނީ މިވިއްސާރާގައި ހަތް ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގެއްލުނެއް ލިބުނީ ކ. ގުރައިދޫގެ އިތުރުން ކ. ހުރައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން