ދޯންޏެއްގައި ބަޔަކު މަސްވެރިކަން ކުރަނީ--
ދޯންޏެއްގައި ބަޔަކު މަސްވެރިކަން ކުރަނީ--
މަސްދޯނިތަކުގައި ހަރަކާތްތެރިވުމަށް ޚާއްސަކޮށް ރެސްކިއު ޑައިވަރުން ތަމްރީންކުރުމުގެ ގޮތުން ކޮންސަލްޓަންޓުން ހޯދަން އިއުލާންކޮށްފި އެވެ.

މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ވައިފުޅި އަޅައިގެން ފީނާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަނޑުމަތީގައި އެތައް ހާދިސާތައް ހިނގާފައިވާއިރު އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ނިންމާފައި ވަނީ މި ފަސް އަހަރުގެ ތެރޭގައި އެކި ސްޓޭޖުތަކަށް ބަހާލައިގެން ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށެވެ.

އަދި އެ ޕްރޮގްރާމްތައް ހިންގަން ނިންމާފައި ވަނީ ސަރުކާރު ގަބޫލުކުރާ ޓްރެއިނިން ދޭ ސެންޓަރުތަކުން އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ.

އެހެންވެ ޑައިވް އިންސްޓްރަކްޓަރ ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނުވަޔަކާ ހިސާބަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފިޔަވަހީގެ ދަށުން ޑައިވް ކޯސް ހިންގަން ނިންމާފައި ވަނީ ލ.، ގއ.، ގދ. އަދި އައްޑު އަތޮޅުގަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ރެސްކިއު ޑައިވަރު ފެންވަރަށް ތަމްރީން ކޮށްދޭ ކޮންމެ ފަރާތަކަށް 35،000 ރުފިޔާގެ މަގުން ފައިސާ ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން