ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުދިން މިއަދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ ޒަކާތު ފަންޑުންނެވެ. ސަރުކާރުން ނިންމާފައިވަނީ މި އަހަރު ތެރޭގައި ދައުލަތުގެ ޚަރަދުގައި ފަސް ކުއްޖަކަށް ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
އެގޮތުން މި ސަރުކާރުގައި އެންމެ ފުރަތަމަ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ކުއްޖަކު ފުރީ ނިމިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހެވެ. އަދި އިތުރު ދެކުދިން މިއަދު ވަނީ ރާއްޖޭން ބޭރަށް ފުރާފައެވެ.
ހެލްތު މިނިސްޓްރީން ބުނީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދައުލަތުގައި ގިނަ ބަޔަކު އެދިފައިވުމުން، އެކަމަށް ޝަރުތު ހަމަވާ ކުދިންނަށް އެކަމަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް އެސްޓީއޯ މެދުވެރިކޮށް އާސާންދައިގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެކުރިންވެސް ސަރުކާރުން ވަނީ ތެލަސީމިއާ ބަލިމީހުން ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަންޑުގެ އެހީގައި ފޮނުވާފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 55 ކުދިންނަށް ވަނީ ބޯންމެރޯ ހެދުމުގެ ފުރުސަތު ދީފައެވެ.
ތެލެސީމީއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިން ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ 14 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ލަނޑުދަނޑިއެކެވެ. އޭގެ އިތުރުން ރާއްޖޭގައި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަަށް މިސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުދިން މިއަދު ފުރައިފި.ބޯންމެރޯ ހެދުމަށް ފުރަތަމަ ކުއްޖާ ފުރާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު.@MBS_mv pic.twitter.com/uTrxVTFBlK
— Ministry of Health (@MoHmv) January 1, 2024
މީގެކުރިންވެސް ސަރުކާރުން ވަނީ ތެލަސީމިއާ ބަލިމީހުން ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަންޑުގެ އެހީގައި ފޮނުވާފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 55 ކުދިންނަށް ވަނީ ބޯންމެރޯ ހެދުމުގެ ފުރުސަތު ދީފައެވެ.
ތެލެސީމީއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިން ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ 14 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ލަނޑުދަނޑިއެކެވެ. އޭގެ އިތުރުން ރާއްޖޭގައި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަަށް މިސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު