އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޚަޠީބުންނަށް ވުމަށް އެދި ކުރިމަތިލި 100 ޒުވާނުނަށް ތަމްރީނުދީ ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ޢިއުލާން ކުރި ޕްރޮގްރާމަށް 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެތެރެއިން އިންޓަވިއުއިން ފާސްވާ ޒުވާނުންނަށް ތަމްރީނުދީ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ އެކުދިންގެ އިންޓަވިއު އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ. އެގޮތުން ޚަތީބުންނަށް ވުމަށް ކުރިމަތިލީ ޒުވާނުންނަށް އިންޓަވިއު ކުރާނީ މާލޭގައި ނަމަ ހާޒިރުކޮށްގެން ކަމަށާއި ރަށްރަށުން ކުރިމަތިލި ޒުވާނުންނަށް އޮންލައިން އިންޓަވިއު ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އެއަށް ފަހު ފިޤުހީ ތަމްރީނު ތަކެއް ދެވޭނެ. އެއަށް ފަހު އިންޝާ ﷲ މި ޒުވާނުން މިންވަރުތަކުން ފެނިގެންދާނެ. ރޯދަ މަހުގެ ކުރިން މިހުރިހައިކަމެއް ނިމޭނެ.” ވަޒީރު ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ ޒުވާން އިމާމުންނާއި ޚަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުތުބާކިޔުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ޒުވާނުންނަށް އިމާމުވެ ހުކުރު ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން