މާލޭ ފެންކުންފުނި، އެމްޑަބްލިއުއެސްސީން ހިންގާ "ސްޓޯމް ވޯޓާ ސިސްޓަމް" މުޅިމާލެއަށް ފުޅާކުރަންޖެހޭކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދް ވިދާޅުވެއްޖެ އެވެ.
މިއަދު އެމްޑަބްލިއުއެސްސީންން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި މަތީން ވިދާޅުވެފައިވަނީ މިދިޔަ ހޮޮނިހިރު ދުވަހުން ފެށިގެން މާލެއަށް ވެހުނު ވިއްސާރައާ ގުޅިގެން މަގުތަކުގައި ފެންބޮޑުވުމަށް ހައްލުތަކެއް ހޯދަމުން ގެންދާކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީން ބަލަހައްޓާ "ސޮޓޯމް ވޯޓާ ސިސްޓަމް" ފުޅާކޮއް މުޅި މާލޭގައި އެސިސްޓަން ގާއިމު ކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވެސް އެކަން ފާހަގަ ކުރައްވާފައިވާކަމަށް މަތީން ވިދާޅުވި އެވެ.
މަތީން ވިދާޅުވީ "މުސަކުޅި" މާލޭގެ އުތުރާއި ދެކުނު ސަރަހައްދު އަލުން ހިއްކި ބަޔައްވުރެ ފުންވެކޮއް އިންނަ ކަމަށާާއި ފަސް އަޅާ ހިއްކި ބައި އުސްކޮއް ހުންނަކަމަށެވެ. އެހެންކަމުން މާލޭގައި ފެންބޮޑުވުމަށް ދިމާވަނީ މި ސަބަބާހުރެކަމަށްވެސް ވިދާޅުވި އެވެ.
މި ސިސްޓަމް ގެ ދަށުން މިހާރު 17 ޕަމްޕަކާއި 200 އެއްހާ ކަލެކްޝަންޕޮއިންޓް ހިމެނޭ ނެޓްވޯކެއް މާލޭގެ ދެކުނުން ހުޅަގަށް ގާއިމްކުރެވިފައިވެ އެވެ. އެހެންކަމުން ވަގުތީ ހައްލެއްގެ ގޮތުން އަމީނީ މަގުގައި މި ސިސަޓަމަށް އިތުރު ދެ ޕަމްޕެއް ގެނެސް ޕަމްޕުގެ ކެޕޭސިޓީ ހަތަރުގުނަ ކުރުމުގެ މަސައްކަތް މިހާރު ކުރެވިގެންދާނެ ކަމަށްވެސް މަަތީން ވިދާޅުވި އެވެ. އަދި އަމީނީ މަގު ހެދެމުންދާއިރު އެ މަގުގެ ހޮޅިތައް ބޮޑުކުރެވިގެންދާނެ ކަމަށްވެސް ފާހަނގަ ކޮއްފައިވެ އެވެ.
މަތީން އިތުރަށް ވިދާޅުވެފައިވަނީ ސިސްޓަމް ރޭވެސް މަސައްކަތް ކޮއްފައިވާ ކަމަށާއި ނަމަވެސް މާބޯކޮށް ވެހުމުގެ ސަބަބުންނާއި މާލޭގެ އެހެން ސަރަހައްދުތަކުން ސިސްޓަމަށް ފެން ނަގަންޖެހުމުން ފެންބޮޑުވެފައިވާ ކަމަށެވެ. މި ސިސްޓަމްގެ މަގްސަދަކީ ބޯކޮއް ވާރޭވެހޭތާ ދެ ގަޑިއިރު ތެރޭގައި ފެންހިންދާލުން ކަމަށާއި އެއްފަހަރާ ފެން ހިންދާނަމަ ސިސްޓަމް ބަދަލްކުރަންޖެހޭނެ ކަމަށްވެސް މަތީން ވިދާޅުވި އެވެ

ކިޔުންތެރިންގެ ހިޔާލު