މާލޭ ސިޓީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްސެވި ތަޞައްވުރުގައި ކުލަޖެއްސެވޭނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝަކޫރަށް ކަމަށް މި ސަރުކާރުގެ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުގެ އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގެންނެވީ މާލޭގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވުމަށް ފަހުއެވެ.

އެކަމަށް އިޝާރާތް ކުރަށްވައި މިނިސްޓަރ ޝިޔާމް ވިދާޅުވީ މާލޭ ސިޓީގެ އެންމެ ފަހުގެ ތަޞައްވަރު ކުރެއްސެވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެހެންކަމުން އެ ތަޞައްވަރު ތަންފީޒުކޮށް މާލޭ ސިޓީގެ ލޮބުވެތި ރައްޔިތުުން އެދޭ އަމާޒަށް ވާސިލް ކޮށްދެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑޭޓް އާޒިމާއަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މާލޭ މޭޔަރު އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒުގެ ޕާޓީގެ ފަރާތުން ވާދަކުރަށްވާ އާޒިމާ ދާދިފަހުން ވިދާޅުވެފައިވަނީ މާލޭގެ ބިން ބޭނުންކުރެވިފައިވާ ގޮތާމެދު އެސެސްމެންޓެއް ހަދަންޖެހޭ ކަމަށާއި، ޑރ. މުޢިއްޒުގެ "ރަސް މާލެ" އަކީ ސަރުކާރުން ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ގެނައުމަށް ގެންގުޅޭ ތަސައްވުރުގެ މުހިއްމު ބައެއް ކަމަށެވެ.

އޭގެއިތުރުން އެކަމަނާގެ މޭޔަރުކަމުގެ ދަށުން މާލޭގެ މަގުތައް ތަރުތީބުކޮށް، ރައްކާތެރި މަގުތަކަކަށް ހެދުމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާސްޓަރ ޕްލޭނެއް އެކުލަވާލާނެކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާއަކީ މިސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އަދި އެކަމަނާއަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ތާއީދުވެސް ލިބިވަޑައިގެންފައިވާ ކެންޑިޑޭޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން