އައިޖީއެމްއެޗުން ހިލޭ މެޑިކަލް ޗެކަޕް ހަދައިދޭނީ ހަފުތާއަކު 40 މީހުންނަށް ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭ ސިޔާސަތު ސަރުކާރުން މިހާރު ވަނީ ތަންފީޒުކުރަން ފަށައިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ހިމަނާފައިވާ ވައުދު ތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުން މެޑިކަލް ޗެކްއަޕް ހެދުމަށް ނަން ނޯޓުކޮށްދެނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހާއި ހޮނިހިރު ދުވަހުުގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00އާ ހަމައަށް ކަމަށެވެ. އަދި މެޑިކަލް ޗެކްއަޕް ހަދައިދެނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު، ކޮންމެ ދުވަހަކު 20 މީހުންނަށް ކަމަށްވެސް އެހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭ ޕްރޮގްރާމް ތަންފީޒުކުރަން ފެށިކަން އިޢުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންސްޕާގެ އެމްޑީ ހީނާ ވަލީދު ވިދާޅުވީ ޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގު ފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމުގެ އިތުރަށް ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލު ގެނެސް ބަލިތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.
ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު، 2 ވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް އަހަރުތެރޭގައި 2 ވަނަ ފަހަރަށްވެސް މި ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މި ސިޔާސަތުގެ ދަށުން އެކި އުމުރުފުރާތަކުގެ މީހުންނަށް ސިއްހީ މަރުކަޒުތަކުންނާއި ސަރުކާރުގެ ހޮސްޕިޓަލްތަކުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެއެވެ. އެގޮތުން، އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު، މި ނޫން އުމުރުފުރާތަކުގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އާސަންދަ ކުންފުނީގެ އެމްޑީ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.
އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތު އެކުލަވާލެވިފައިވަނީ، ކަމާގުޅޭ ފަންނީ އެންމެހާ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް އެންސްޕާއިން ބުނެފައި ވެއެވެ. މިގޮތުން އެކިއެކި އުމުރުފުރާތަކަށް ޚާއްޞަކޮށް ޕެކޭޖްތައް އެކުލަވާލާފައިވަނީވެސް ކަމާގުޅޭ ޑޮކްޓަރުން އަދި ފަންނީ މާހިރުންގެ މަޝްވަރާއާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު