ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
ކުރިއަށްއޮތް މަޖިލީސް އިންތިހާބުގައި ވާދަނުކުރަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ނިންމަވައިފިއެވެ.

މެންބަރު ޙިސާން މިއަދު ވިދާޅުވީ، އެކަމަނާ ކުރިޔަށް އޮތްތަނުގައިވެސް ސިޔާސީ ގޮތުން މަސައްކަތް ކުރަށްވާނީ އެމް.ޑީ.ޕީ.އާ އެކު ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލާން ނިންމާފައިވާކަން އެކަމަނާ މިއަދު އިޢުލާނު ކުރެއްވިއެވެ.

ޙިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރުމަށް ދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތަށްޓަކައި އެދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އުންމީދަކީ އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން ކަމަށްވެސް ޙިސާން ވިދާޅުވިއެވެ.



ޙިސާން މަޖިލީހަށް ކުރިމަތި ނުލަށްވަން ނިންމަވާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7، 2012 ގައި ވެރިކަމުގެ ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވިއިރު އެމަނިކުފާނުގެ އެންމެ އަރިހުގައި އެމަނިކުފާނަށް ޤާނޫނީ ލަފާ އެރުވުމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވީ ހިސާން އެވެ. އަދި ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވުމާގުޅިގެން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައިވެސް އެންމެ އިސްދައުރެއް އަދާކުރެއްވީ ޙިސާންއެވެ.

ނަމަވެސް އެމްޑީޕީ ދެބައިވެ ރައީސް ނަޝީދާއި، ރައީސް ޞާލިޙް ސިޔާސީގޮތުން ދެ މަގަކުން ހިންގަވަން ފެއްޓެވުމުން ޙިސާން ނިންމަވާފައިވަނީ ރައީސް ޞާލިޙާއެކު ދެމިހުންނެވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން