މާލޭގެ މޭޔަރު އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތާޢީދާއެކު ނިކުންނަޓީމާއެކު ނައިބުރައީސް
މާލޭގެ މޭޔަރު އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތާޢީދާއެކު ނިކުންނަޓީމާއެކު ނައިބުރައީސް
މާލޭގެ މޭޔަރު އިންތިޚާބުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރަށް ވޯޓުލާން ޖެހެނީ ރައީސް ޑރ. މުޢިއްޒުގެ އަތްޕުޅުގައި ހިއްޕަވައިގެން އެކަމަނާ ނިކުންނެވުމުން ކަމަށް ނާއިބުރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ކުރިއަށް ގެންދިޔަ އާޒިމާގެ ކެމްޕޭން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ނާއިބުރައީސް ޙުސައިން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަތްޕުޅުގައި ހިތްޕަވައިގެން ނުކުންނަވާ ކެންޑިޑޭޓަށް މާލެ ރައްޔިތުން ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެގޮތުން މާލޭގެ ރައްޔިތުންނަކީ ހޭލުންތެރި ބައެއްކަން ފާހަގަ ކުރަށްވައި ނާއިބުރައީސް ވިދާޅުވީ، މި ސަރުކާރުގެ ތަރައްގީގެ ޕްލޭނާއި ދެކޮޅު ބަޔަކަށް ކުރިއަށް އޮތް އިންތިޚާބުގައި ފުރުސަތު ދެވިއްޖެނަމަ މިސަރުކާރުގެ ތަރައްގީގެ ފިޔަވަޅު ފަހަތުފަޔަށް ސޮއްސާލާނެ ކަމަށެވެ. އެހެންކަމުން މާލޭގެ މޭޔަރަކު ހޮވުމުގައި ރައްޔިތުން އެހުރިހާ ކަމަކަށް ވިސްނާނެ ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ ތަސައްވަރުގައި ހުރި ކަންކަން، ތަންފިޒު ކުރުމަށް، އެމަނިކުފާނާއި އެއްސަފެއްގައި އެއްއަޑަކުން ވާހަކަދެއްކޭނެ ބޭފުޅަކު މާލޭގެ މޭޔަރު ކަމުގައި ހުންނެވުމަށް ކަމަށާއި، މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނަވައިގެން ރައީސް ޑރ. މުޢިއްޒު ދެ އަހަރާއި ހަ މަސް ދުވަހު ބޮޑެތި ބަދަލުތަކެއް މާލޭގެ ރައްޔިތުންނަށް ގެނެސްދެއްވާފައިވާ ކަމަށްވެސް ނައިބުރައީސް ރޭ ވިދާޅުވިއެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު ޙަޤީޤަތަކަށް ހައްދަވައި ދެއްވާނެ ކެންޑިޑޭޓަކީ އާޒިމާކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުގެ އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގެންނެވީ މާލޭގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވުމަށް ފަހުއެވެ.

މި އިންތިޚާބުގައި ވާދަކުރަށްވާ ޢާއިޝަތު އާޒިމާ ޝަކޫރަކީ މިސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އަދި އެކަމަނާއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތާއީދުވެސް ލިބިވަޑައިގެންފައިވާ ކެންޑިޑޭޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން