ރައީސް މުއިއްޒު--
ރައީސް މުއިއްޒު--
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އެކުލަވާލާ "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލައިފި އެވެ.

މިއީ ދިވެހި ގައުމު ބިނާކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާއި ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް އެކުލަވާލާ ބޯޑެކެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާންއެއްގައި ވަނީ ދެ ދާއިރާއަކުން ލަފާ އެރުވުމަށް ހަތަރު ޒުވާނުން ބޯޑަށް އައްޔަނު ކުރަން ނިންމާފައިވާ ކަމަށެވެ.،

އެގޮތުން ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން ލަފާ އެރުވުމަށް ޒުވާން އަންހެން އަދި ފިރިހެން ބޭފުޅަކާއި އަދި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ ތަމްސީލު ކުރުމަށް އަންހެން އަދި ފިރިހެން ބޭފުޅަކު ބޯޑަށް އައްޔަނުކުރަން ނިންމާފައިވާ ކަމަށް އިޢުލާނުގައި ވެއެވެ.

ބޯޑުގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ޝަތުރުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވުމާއެކު އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުމާއެކު ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ގާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން ހިމެނެ އެވެ.

ހަމަ އެހެންމެ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ އެވެ.

ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން