ވިލިމާލެއާއި މާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މިކަމަށްޓަކައި ވިލިމާލޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއަދު މިފެށުނު ޚިދުމަތާއެކު ވިލިމާލެއިން މާލެއަށް އެމަޖެންސީގައި ބަލި މީހުން އުފުލުމަށް ދިމާވާ ދަތިތަކަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަށްވާނެކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.
ސީ އެމްބިއުލާންސް ބާއްވަން ނިންމާފައި ވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ކަމަށާއި، ލޯންޗް ބާއްވަން މާލެ ފަޅުން ޖާގައެއް ސިޓީ ކައުންސިލުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ޑރ. ޚަލީލް ވިދާޅުވިއެވެ. ހަމައެއާއެކު ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުގެ ކުރިން ސީއެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމެވީ ވިލިމާލޭގެ ރައްޔިތުންނަށް އިތުރަށް ލުއިފަސޭހަ ކޮށްދިނުމަށްކަން ޚަލީލް ފާހަގަކުރެއްވިއެވެ.
"މި ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު މެޑިކަލް އާލާތްތަކެއް ހަރުކުރަން ޖެހިއްޖެނަމަ އެކަންވެސް އަޅުގަނޑުމެން ކުރާނަން." ޑރ. ޚަލީލް ވިދާޅުވިއެވެ.
އޭގެއިތުރުން ޒަމާންތަކެއް ވަންދެން އަޅާނުލައި އޮތް ތަނެއްގެ ގޮތުގައި ވިލިމާލެ އޮތް އޮތުން، މި ސަރުކާރުން ނިމުމަކަށް ގެންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވިލިމާލެ އާއި މާލެއާ ދެމެދު ސީ-އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި ލޯންޗު ހަވާލުކުރުމުގެ ރަމްޒީ ތަޅުދަނޑި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާ ހަވާލު ކުރައްވައިފައެވެ.
ވިލިމާލެއާއި މާލެއާ ދެމެދު ސީއެމްބިއުލާންސްގެ ހިދުމަތް ފަށާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރުއޫ ވެސް ފަށާފަ އެވެ. ޑރ. ޚަލީލް މިއަދު ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ ޑިޒައިނިން މަސައްކަތްތައް ކަމަށެވެ.
ސީ އެމްބިއުލާސްގެ ޚިދުމަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ޚިދުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު