ވެހިކަލް ޑޮމެއިންގެ ޚިދުމަތް އަލުން ފަށަން ނިންމާފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޑޮމެއިންގެ މައްސަލައަކީ ވަރަށް ނުތަނަވަސްކަން ބޮޑު މައްސަލައެއް ކަމަށެވެ.
އެހެންވެގެން ޑޮމެއިންގެ މައްސަލަ ހައްލުކުރަން ގޮތްތަކެއް ނިންމާފައިވާ ކަމަށްް އޭނާ ވިދާޅުވިވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 200 ވަރަކަށް ފަރާތުން ޑޮމެއިންގެ ހިދުމަތަށް އެދިފައިއޮތް ކަމަށެވެ. އެކަމަކު ކުރީގެ ސަރުކާރުން އަންގަވައިގެން ޑޮމެއިންގެ އެއްވެސް މުއާމަލާތެއް ހިންގުން އޮތީ ހުއްޓާލައިފައިކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެހެން ނަމަވެސް ސައްހަ ގޮތުގައި މިނިސްޓްރީގެ ތެރެއިން ޑޮމެއިން ނަންގަވާފައި ތިއްބެވި ބޭފުޅުންނަށް ހިދުމަތް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެގޮތުން އެ މަސައްކަތް މިނިސްޓްރީގައި ވާނީ ފެށިފައި. އެ 200 ފަރާތަށް އަދި ސީދާ ހިދުމަތް ނުދެވުނަސް ވެރިފިކޭޝަންގެ ޕްރޮސެސްގެ ތެރެއިން އެ ހިދުމަތް އަޅުގަނޑުމެން ސަރުކާރާ ހަވާލުވި ފަހުން އޮންނާނީ ފަށާފައި." މިނިސްޓަރު ވިދާޅުވި އެވެ.
ޑޮމެއިން ދޫކުރުން ހުއްޓާލާފައި އޮތް އޮތުމަކީ ރަނގަޅު ކަމެއް ކަމާމެދު ވެސް މިނިސްޓަރު މިއަދު ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޑޮމެއިންގެ ހިދުމަތަކީ ހަމަ ދޭންވީ ހިދުމަތެއް. އަލުން ފައްޓަންވީ ހިދުމަތެއް. އެހެންވީމާ އަޅުގަނޑުމެން ކުރިއަށް އޮތް ދެތިން މަސްތެރޭގައި ޑޮމެއިންގެ ހިދުމަތް ފަށާނަން." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު