ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ރައްޔިތުންގެ މަޖިލީހާއި ޑީލްކުރުމުގެ ޤާބިލުކަން ސަރުކާރުގައި ނެތްކަމަށް ޕީޕިއެމުން ވަކިކޮށްފައިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީޙް މިމޭރުމުން ވިދާޅުވެފައިވާއިރު ނަވާރަވަނަ ރައްޔިތުން މަޖިލީހުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑި ކޮށްލާފައިވާ ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރޭ ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މަލީޙް ވިދާޅުވީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލިހަކުން ވަޒީރުންނަށް އަލަތު ރުހުން ހޯދަން މިސަރުކާރަށް ނޭގުމަކީ މަޖިލިހާއި ޑީލްކުރުމުގެ ޤާބިލުކަން ސަރުކާރުގައި ނެތްކަން ދައްކުވަދޭ ކަމެއް ކަމަށެވެ.

“މަޖިލިސް މެމްބަރުން ގަނެ އެމީހުންގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަކީ އެކަން ކުރާގޮތެއް ނޫން.” މަލީޙް ވިދާޅުވިއެވެ.



މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަނުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝުކޫރުގެ ކެމްޕެއިން ހަފްލާއެއްގައި ރޭ ވާހަކަދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ރުހުންދިނުން އެމްޑީޕީން ފަސްކުރުމަކީ ޑިމޮކްރެސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އަދި މިހާތަނަށް އެއްވެސް މަޖިލީހަކުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ ނެތް ކަމަށާއި ތާރީހުގެ ތެރޭގައި ވެސް މިއީ މަޖިލީހުގެ ނަން ރައްޔިތުންގެ ކުރިމަތީގައި ހަޑިކޮށްލި ފުރަތަމަ ފަހަރު ކަމަށް ނައިބު ރައީސް ރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން