ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ޙާލަތު ދެނެގަތުގެ މަސައްކަތް މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.

އެމް.ޑަބްލިއު.އެސް.ސީން މިއަދު ބުނީ ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ޙާލަތު ދެނެގަތުމަށްޓަކައި، އެސެސްމަންޓް އަދި ކަންޑިޝަން މޮނިޓަރިންގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އަދި މިއީ އެނިޒާމު މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއެއް އެކުލަވާލައި ތަންފީޛު ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.



އެމްޑަބްލިޔުއެސްސީން މިހާރު އަންނަނީ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އުފައްދަވާފައި ވަނީ، 1 އޭޕްރީލް 1995 ގައެވެ. އެކުންފުނީގައި މިހާރު ބާރަސަތޭކައަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކުންފުނިން ދަނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން