ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އިތުބާރުހުރި މަސްދަރަކުން މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުޢިއްޒުގެ ޗައިނާ ދަތުރުފުޅު ޝެޑިއުލް ކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހަށެވެ.

މި ދަތުރުފުޅުގެ މަޢުލޫމާތު ރައީސް އޮފީހުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް ރައީސްގެ މިދަތުރުފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ރަސްމީ މުހިންމު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޗައިނާއަށް ވަޑައިގަންނަވާއިރު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިދިޔަ މަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވައިފައެވެ.

ވެރިކަމަށް ވަޑައިގަތް ފަހުން ރައީސް ޑރ. މުޢިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ތުރުކީވިލާތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން