ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރަށްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް މިރޭ ދެއްވި ބަސްދީގަތުމެއްގައި ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރަށްވާނެ ކަމަށެވެ. އަދި އެމްޑީޕީފަދަ ބޮޑު ޕާޓީއެއްގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނަވައިގެން މަޖިލީހުގެ މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް މިރޭ ވިދާޅުވީ އޭނާގެ ހުރިހާ ފޯކަސްއެއް މިވަގުތު ހުރީ އެމްޑީޕީގެ ހިންގުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އިންތިޒާމްކޮށް ތަރުތީބު ކުރުމަށް ކަމަށެވެ. ހަމައެއާއެކު ކުރިއަށް އޮތް 5 އަހަރު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު އެމްޑީޕީ ހިންގުމުގެ އެންމެ އިސް މީހަކީ ޗެއަރޕާސަން ކަމަށާއި ޕާޓީގެ ރައީސް އަކީ ސިޔާސީ ގޮތުން އެންމެ އިސް ފަރާތް ކަމަށެވެ.
މަޖިލީސް އިންތިޚާބުގައި ވާދަ ނުކުރަށްވާނެކަމަށް ފައްޔާޒް ވިދާޅުވެފައިވާއިރު 19 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަށްވާ ބައެއް މެންބަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލައްވާނެކަން މިހާރުވަނީ ހާމަ ކުރަށްވާފައެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 36 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ކަށަވަރުވެފައިވާ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރެއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އާއި ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު އާއި ކުރީގެ ފެނަކަ އެމްޑީ އަޙްމަދު ސަޢީދު އާއި 19 ވަނަ މަޖިލީހުގެ ބައެއް މެންބަރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު