ފަސް ރަށެއްގައި ހައިބްރިޑް ކަރަންޓްގެ ނިޒާމެއް ގާއިމުކުރަން ނިންމައިފި އެވެ.

އެގޮތުން ސްޓެލްކޯއިން ވަނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮއްދެމުންދާ ފަސް ރަށެއްގައި ރިނިއުވަބަލް އެނަރޖީ ހައިބްރިޑް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.

އެ ފަސް ރަށުގެ ތެރޭގައި ކ. ގުރައިދޫ، އއ.ފެރިދޫ، އއ. މާޅޮސް، އދ. ހަންޏާމީދޫ އަދި ވ. ފެލިދޫ ހިމެނެ އެވެ.

ސްޓެލްކޯއިން ބުނީ އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެ މަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުން ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ހުށަހަޅަން ޖެހޭނީ ޓެކްނިކަލް ޕްރޮޕޯސަލް އަދި ޑިޒައިން ކުރެހުން ކަމަށެވެ. އަދި އެ ޕްރޮޕޯސަލް ތަކުގެ ތެރެއިން ޓެކްނިކަލް ގޮތުން ހޮވޭ ޕްރޮޕޯސަލްތައް ކަނޑައަޅައި، އެފަރާތްތަކަށް ފައިނޭންޝަލް ޕްރޮޕޯސަލް ހުށައެޅުމަށް ދައުވަތު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ހައިބްރިޑް ކަރަންޓުގެ ނިޒާމުތަކުގައި އާންމުކޮށް ކަރަންޓު އުފައްދަނީ ތެލާއި އަދި އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ނެވެ. އިއާދަ ކުރަނިވި ހަކަތައިގެ ތެރޭގައި އާންމުކޮށް ބޭނުން ކުރަނީ އިރުގެ އަލިން އުފައްދާ ހަކަތަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން