މިދިޔަ ބުދަ ދުވަހު އިރާނުގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު ގާސިމް ސޮލައިމާނީ އެމެރިކާއިން ޝަހީދުކޮށްލިތާ ތިން އަހަރު ފުރުން ފާހަގަކުރުމަށް އޭނާގެ މަގުބަރާ ހުންނަ ސަރަހައްދުގައި ގިނަބަޔަކު އެއްވެ ތިއްބާ ދިން މި ބޮމުގެ ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް
އެތައް ބަޔަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.
އެހެންވެ ރައީސް މުއިއްޒު ވަނީ އިރާނުގެ ރައީސް އިބްރާހިމް ރައީސީއަށް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފަ އެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވި ގޮތުގައި އެ ހަމަލާގައި އާންމުންގެ އެތައް ބަޔަކު މަރުވެ ޒަޚަމުވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި ފުން ހިތާމައާ އެކުގައި ކަމަށެވެ.
އަދި ކުށެއްނެތް ޢާންމުންގެ ބަޔަކަށް ދެވުނު އެ ހަމަލާއަކީ އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ގާނޫނުތަކާ ހިލާފުކަމެއް ކަމަށާއި އަދި މިއީ އިންސާނީ ކަރާމާތަށް އިހުތިރާމެއް ނެތް، ފިނޑި އަމަލެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ޓެރަރިޒަމްގެ މި ފިނޑި ޢަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް އަދުގެ ދުނިޔޭގައި ޖާގައެއްނެތްކަމާއި ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ ޢަމަލުތަކާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު