ޑިމޮކްރެޓްގެ ހަރުގެ
ޑިމޮކްރެޓްގެ ހަރުގެ
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

ޑިމޮކްރެޓުން ވަނީ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައެވެ. އަދި އެޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ 17 ފެބްރުއަރީގައެވެ.

ޑިމޮކްރެޓުންގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް 4 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން އެދުވަހާ ހަމައަށް އެޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެންބަރުންނަށް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށާއި ޕްރައިމަރީގައި ވޯޓުވެސް ލެވޭނެ ކަމަށް ޑިމޮކްރެޓުން މަޢުލޫމާތު ދެއެވެ.

ޕްރައިމަރީއަށް ކުރިމަތިލާ މެންބަރުންނަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ މީހަކަށް ވާން ޖެހޭނެ ކަމަށާއި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް 11 ފެބްރުއަރީގައި އާއްމު ކުރާނެކަމަށް ޑިމޮކްރެޓުން ވަނީ ހާމަކޮށްފައެވެ.

އޭގެއިތުރުން ޕްރައިމަރީގައި އިންތިޚާބީ ދާއިރާއަކަށް އެންމެ މެންބަރަކު ކުރިމަތިލައިފިނަމަ އެ މެންބަރަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭނެކަމަށްވެސް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން