ރާއްޖެއަށް 25 މިލިއަން ފަސެންޖަރުން ގެންނަން އަމާޒު ހިފާއިރު ރާއްޖޭގެ ޓޫރިސްޓް އެނދުތައް އެތައް ގުނަޔަކަށް އިތުރު ކުރަން ޖެޙޭ ކަމަށް އަހްމަދު ޝަރީފު (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެ އެވެ.

އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ނިންމައި ރާއްޖޭގެ މައި އެއާރޕޯޓާ ގުޅިފައިވާ ބިޔަ މަޝްރޫޢު ރޭ ރައީސް ޑރ،. މުހައްމަދު މުއިއްޒު ވަނީ އިފްތިތާހު ކޮށްދެއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސައިރިކްސް ޝަރީފް މިއަދު ވިދާޅުވީ 25 މިލިއަން ޕަސެންޖަރުންގެ ޖާގައަށް އަމާޒުކުރާއިރު މިހާރު ރާއްޖޭގައި ހިންގާ އެނދުތައް އެތަކެއް ގުނައަކަށް އިތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓްތަކުގެ ކެޕޭސިޓީއާއި އެކު އެތަންތަން ހިންގާނެ މީހުން ބިނާކުރަންވެސް ޖެހޭނެ ކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

"ކޮންމެ އިންވެސްޓްމަންޓަކާއެކު ޓެކުސް އާމްދަނީ އިތުރުވެ ވިޔަފާރިއާއި ހިދުމަތް އިތުރުވެ ޕްރައިވަޓް ސެކްޓަރު ފުޅާކުރުމަށް އޮންނަ ޖާގައަށް ސަރުކާރުން ފުރުސަތު ހުޅުވާލަންވާނެ." މި ސަރުކާރުއެކު ކޯލިޝަން ހަދައިގެން އުޅޭ އެމްއެންޕީން މަޖިލީހަށް ވެސް ކުރިމަތިލައްވާ ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫއަށް މި މަޝްރޫޢު ވެގެންދާއިރު މިމަޝްރޫއާއެކު އެއާޕޯޓުން އެތަކެއް އާ ޚިދުމަތްތައް ލިބެމުންދާނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އަދި އެ މަޝްރޫއުން ރާއްޖޭގެ އިގުތިސާދު ބަދަލުކޮށްލާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫޢު ކުރިޔަށް ގެންދަނީ އަންނަ 20 އަހަރަށް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ. މި މަޝްރޫއު ނިމުމަށްފަހު ގަޑިއެއްގެ މައްޗަށް 4000 ވަރަކަށް ފަސިންޖަރުންނަށް އެއާޕޯޓުން ޚިދުމަތް ދެވޭނެ ފެންވަރު ހުންނާނެ ކަމަށް އެމްއޭސީއެލުން މަޢުލޫމާތުދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން