ދިވެހި ބަސް ދަސްކޮއްދޭ ފޮތެއް ޗައިނާ ބަހުން ލިޔެ، ފުރަތަމަ ފަހަރަށް ޗައިނާގައި ޝާއިޢުކޮށްފި އެވެ.
"ދިވެހި ބަސް" ނަމަކައް ކިޔާ މި ފޮތް ލިޔެ ޝާއިޢުކޮއްފައިވަނީ ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ކިޔަވަދޭ ޝޫ ފެންގްފެންގެވެ. ފެންގްފެންގް ކުރި އެކްސެއްގައި ބުނެފައިވަނީ އެ ފޮތަކީ ޗައިނާގައި "ވާހަކަ ދައްކާ ދިވެހި ބަހުގެ" ފުރަތަމަ ޓެކްސްޓް ފޮތުގެ ގޮތުގައި ޝާއިއުކޮށްފައިވާ ފޮތް ކަމަށެވެ. އަދި މި ފޮތުގެ ސަބަބުން ގިނަ ޗައިނާ މީހުންނަށް ދިވެހި ބަސް އުނގެނި، ބަހުގެ ރީތިކަން ދެނެގަނެވޭނެކަމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވެ އެވެ.
"ޗައިނާގެ އިތުރު މީހުންނަށް މި ރީތި ބަސް ވިސްނޭނެ،" ފެންގްފެންގް ބުނެފައިވެއެވެ.
ފެންގްފެންގް ދިވެހި ބަސް ދަސްކުރަން ފަށާފައިވަނީ 2018 ވަނަ އަހަރު އެވެ. އަދި މޯލްޑިވްސް ނެޝަނަލް އުނިވާސިޓީއިން ދިވެހި ބަހުގެ ކޯހެއް ހަދާފައިވާ ފެންގްފެންގަކީ ޗައިނާގައި ދިވެހި ބަސް ކިޔަވައިދޭ އެންމެ ފުރަތަމަ މުދައްރިސެވެ.
ފެންގްފެންގެ "ދިވެހި ބަސް" ފޮތް މިހާރު އަލީ އެކްސްޕްރެސް ގައި ލިބެން ހުންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު