ޕީޕިއެމުން ވަކިކޮށްފައިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ޕީޕިއެމުން ވަކިކޮށްފައިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ސަރުކާރުން މިވަގުތު ދައްކަންޖެހެނީ ހައްލުކުރަން ޖެހިފައިހުރި މައްސަލަތަކުގެ ވާހަކަ ކަމަށް ޕީޕިއެމުން ވަކިކޮށްފައިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރަސްމާލޭގެ ނަމުގައި، ޒީރޯ ކާބަން ސިޓީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވާތީ އެކަމަށް ފާޑު ވިދާޅުވަމުން މަލީޙް ވިދާޅުވީ ސަރުކާރުން މިވަގުތު ދައްކަންޖެހެނީ 20 އަހަރު ފަހުގެ ވާހަކަ ނޫން ކަމަށެވެ. އޭގެ ބަދަލުގަައި ސަރުކާރުން މަސައްކަތްކުރަން ޖެހޭނީ މިވަގުތު ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ކަމަށް މަލީޙް ވިދާޅުވިއެވެ.

އެގޮތުން ތަކެތީގެ އަގު ހެޔޮކުރުމާއި ޢާމްދަނީ އިތުރުކުރުމާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރި ބަނދުކުރުމާއި ދިވެހިންނަށް ވިޔަފާރީގެ ފުރުސަތު ހުޅުވާލުން މަލީޙް ފާހަގަކުރެއްވިއެވެ.

ދާދިފަހުން މަލީޙް ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީން ސިޔާސީ މައިދާނުން އެކަހެރި ކުރަން ކަމަށެވެ. އޭގެ އިތުރުން ވެރިކަން ކުރާ ޕީއެންސީ އަކީ އެމެޖެންސީ ލައިޓެއްގެ ގޮތުގައި މަލީހް ވަނީ ސިފަކުރަށްވާފައެވެ.

އޭގެއިތުރުން ރައީސް ޔާމީން އެންޑޯސްކުރެއްވި ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާ، ކޮންމެ ޖަލްސާއެއް ފެއްޓެވީ އެމަނިކުފާނު ޖަލުގައި ހޭދަ ކުރަށްވާ ދުވަސްތަކުގެ ވާހަކައިން ކަމަށްވީ ނަމަވެސް މިއަދު އެވާހަކަ ދެއްކެވުން ހުއްޓާލާފައިވާ ކަމަށް މަލީހް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން