އަޑޫ ސިޓީ ކައިރީގައި އޮންނަ ކާލްސްބާގް ރިޖަށް އައި 5.6 މެގްނިޓިއުޑް ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭކަމަށް މޯލްޑިވްސް ގައުމި މޫސުމާބެހޭ އިދާރާއިން ބުނެފި އެވެ.

ކާލސް ބާގް ރިޖަކީ އައްޑޫ ސިޓީއާ ހުޅަނގަށްވާގޮތަށް 894 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަކީ އެފްރިކާގެ ޓެކްޓޮނިކް ޕްލޭޓްއާއި އިންޑޯ-އޮސްޓްރޭލިއާ ޕްލޭޓް ގުޅޭ ސަރަހައްދެވެ.

މެޓް އޮފީހުން ދިން މައުލޫމާތުގައި ބުނާގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި މި ސަރަހައްދަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެ އެވެ. ނަމަވެސް އެ އޮފީހުގެ ހޯދުންތަކުން ދައްކާގޮތުގައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މައުލޫމާތު ދީފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން