ހަސަންޓޭގެ ފޯމް ރައީސް ޑރ. މުޢިއްޒަށް ޙަވާލު ކުރަށްވަނީ
ހަސަންޓޭގެ ފޯމް ރައީސް ޑރ. މުޢިއްޒަށް ޙަވާލު ކުރަށްވަނީ
އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ ޙަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ގުޅިވަޑައިގެންފިއެވެ.

ޙަސަންޓޭގެ މެމްބަރޝިޕް ފޯމާއި ޙަވާލުވެ ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު ހަސަންޓޭ ވިދާޅުވީ މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކުު ކުރިއަށްދިއުމަށް ނިންމަވާފައިވާ ކަމަށެވެ.

“ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީ.އެން.ސީ އާއިއެކު ހުންނާނެވާހަކަ ދަންނަވަމެވެ.” ޙަސަންޓޭ ވިދާޅުވިއެވެ.



އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތް ގުޅުމެއް އޮތް ހަސަންޓޭ، އެމްޑީޕީ ދެބައިވުމުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފެކްޝަންގައެވެ.

ޙަސަންޓޭ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފައިވާއިރު އެމްޑީޕީގެ އިތުރު 13 މެމްބަރަކުވެސް ދާދިފަހުން ވަނީ ޕީއެންސީއަށް ގުޅިވަޑައިގެންފައެވެ.

ޙަސަންޓޭ ޕީއެންސީއަށް ގުޅިވަޑައިގަތުމާއެކު މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރާ މެމްބަރުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ. ދާދިފަހުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ވިދާޅުވެފައިވަނީ އެމްޑީޕީގެ އިތުރު މަޖިލީސް މެންބަރަކު ޕީއެންސީއަށް ގުޅިވަޑައި ނުގަންނަވާނެކަން ކަށަވަރު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން