ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި މިރޭ ޗައިނާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސްގެ ދެކަނބަލުން މިރޭ ޗައިނާއަށް ކުރައްވާ ދަތުރަކީ އެމަނިކުފާނުގެ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓެވެ. އޭގެ އިތުރުން ރައީސް ޑރ. މުއިއްޒަކީ މިއަހަރު ޗައިނާއަށް ވަޑައިގަންނަވާ ބޭރު ގައުމެއްގެ ފުރަތަމަ ހެޑް އޮފް ސްޓޭޓެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ޗައިނާއަށް ރައީސް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ޝީ ޖިންގްޕިން އެރުވި ދައުވަތަކަށް ކަމަށެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 12 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން