އިންޑިޔާ އާމެދު ސަރުކާރުގެ ސިޔާސަތު ރަނގަޅަށް އޮޅުންފިލުވައިދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް ނިސްބަތްކުރައްވައި ދިވެހި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުން މީސް މިޑީއާގައި ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތްކުރައްވައެވެ.
ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ ވާހަކަތައް ކުށްވެރި ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހާމަކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތު ނޫންކަން އިންޑިއާއަށް ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ.
އަދި އިންޑިއާއަކީ ރާއްޖޭގެ ކުރިއެރުމާއި ދިފާއަށް މުހިއްމު ބައިވެރިއެއްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވައިފައެވެ. ހަމައެއާއެކު ސަރުކާރުގެ ބައެއް އޮފިޝަލުންގެ އެފަދަ ޢަމަލުތަކުގެ ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތަށް އުނިކަން އަތުވެދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގެ ލަކްޝްވާދީޕް ސަރަހައްދުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފައްޓަވާފައެވެ. ލަކްޝްވާދީޕް ސަރަހައްދުގައި ދިވެހި ބަހުން ވާހަކަދައްކާ އުޅޭ މަލިކުވެސް ހިމެނެއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާގައި މިކަމާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތަކަށް މީސް މީޑިއާގައި ބައެއް ދިވެހިން އަންނަނީ ރައްދުދެމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިމައްސަލައިގައި ރާއްޖޭގެ ޚާރިޖީ ވަޒީރާއި ސަރުކާރުން ރަސްމީކޮށް މައާފަށް އެދެން ޖެހޭނެކަމަށް ބައެއް މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.

What appalling language by Maldives Government official @shiuna_m towards the leader of a key ally, that is instrumental for Maldives’ security and prosperity. @MMuizzu gov must distance itself from these comments and give clear assurance to India they do not reflect gov policy.
— Mohamed Nasheed (@MohamedNasheed) January 7, 2024
ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގެ ލަކްޝްވާދީޕް ސަރަހައްދުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފައްޓަވާފައެވެ. ލަކްޝްވާދީޕް ސަރަހައްދުގައި ދިވެހި ބަހުން ވާހަކަދައްކާ އުޅޭ މަލިކުވެސް ހިމެނެއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާގައި މިކަމާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތަކަށް މީސް މީޑިއާގައި ބައެއް ދިވެހިން އަންނަނީ ރައްދުދެމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިމައްސަލައިގައި ރާއްޖޭގެ ޚާރިޖީ ވަޒީރާއި ސަރުކާރުން ރަސްމީކޮށް މައާފަށް އެދެން ޖެހޭނެކަމަށް ބައެއް މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު