ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުށްވެރި ކުރައްވައިފި އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ދެއްކެވި ވާހަކަތައް ހޫނުވެ އެ ތިން ބޭފުޅުން ސަސްޕެންޑްކޮށްފައިވާ އިރު އިންޑިއާގެ މީސް މީޑިއާ އެކްޓިވިސްޓުންނާއި އެ ގައުމުގެ މަޝްހޫރު ބައެއް މީހުންނާއި މީޑިއާތަކުން ވަނީ މިކަމާ ރުޅިގަދަވެ ރާއްޖެއާ ދެކޮޅަށް ތެދުވެފައެވެ.

ރައީސް ސޯލިހު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ވަރަށް ގާތް ރަހުމަތްތެރި ގައުމެއް ކަމަށާއި އަދި މީހުންގެ ކަރާމާތަށް ހުތުރު ވާހަކަތަކުން ދެ ގައުމު ގުޅުން ހަރާބުވިޔަދީގެން ނުވާނެ ކަމަށެވެ.

"ޝޯޝަލް މީޑިއާގައި އިންޑިއާއާ ދެކޮޅަށް ސަރުކާރުގެ އޮފިޝަލުން ދެއްކެވި ވާހަކަތައް ކުށްވެރިކުރަން." ރައީސް ސޯލިހުގެ އެކްސްގައި ވެއެވެ.

ސަރުކާރުގެ އޮފިޝަލުންތަކެއް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދައްކަން ފެށީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.

އެ ކެމްޕޭންތަކަކީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕޭންތަކެއް ކަމަށް ވެސް ގިނަ ފަރާތްތަކުން ދަނީ ސިފަ ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން