ޝިވް ސޭނާގެ ޑެޕިއުޓީ ލީޑަރު ޕްރިޔަންކާ ޗަތުރަވެދީ
ޝިވް ސޭނާގެ ޑެޕިއުޓީ ލީޑަރު ޕްރިޔަންކާ ޗަތުރަވެދީ
ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތާ ގުޅިގެން މަޝްރަހު ގޯސްވެފައި ވަނިކޮށް އިންޑިއާގެ ފިލްމީ ތަރިންނާއި ކްރިކެޓް ކުޅުންތެރިން ވެސް އެ މައްސަލައިގެ

ތެރެއަށް ވަނުމުން އިންޑިއާގެ އިދިކޮޅު ޕާޓީއެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ދެއްކެވި ވާހަކަތައް ހޫނުވެ އެ ތިން ބޭފުޅުން ސަސްޕެންޑްކޮށްފައިވާ އިރު އިންޑިއާގެ މީސް މީޑިއާ އެކްޓިވިސްޓުންނާއި އެ ގައުމުގެ މަޝްހޫރު ބައެއް މީހުންނާއި މީޑިއާތަކުން ވަނީ މިކަމާ ރުޅިގަދަވެ ރާއްޖެއާ ދެކޮޅަށް ތެދުވެފައެވެ.

އޭގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު، ސަލްމާން ހާން، ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ހިމެނެ އެވެ.

އިންޑިއާގެ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޝިވް ސޭނާގެ ޑެޕިއުޓީ ލީޑަރު ޕްރިޔަންކާ ޗަތުރަވެދީ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އިންޑިއާގެ ހާރިޖީ ސިޔާސަތުތައް ކަނޑައަޅަނީ ފިލްމީ ތަރިންނާއި ކްރިކެޓް ކުޅުންތެރިތޯ ނޫނީ ވަޒީރުން ކަމާމެދު ސުވާލު އުފެދޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ކުޑައިމީސްކޮށް ވާހަކަ ދެއްކި މައްސަލައިގައި ސަރުކާރުގެ އިސް ތިން އޮފިޝަލުން ސަސްޕެންޑްވެސް ކޮށްފައިވާތީ އެ ނިންމުމަށް ޕްރިޔަންކާ ވަނީ މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

"ކުޑައިމީސްކޮށް ވާހަކަ ދައްކާ މީހަކާ ހެދި ޒަމާންވީ ރަހުމަތްތެރި ގައުމަކާ ގުޅުން ގޯސްވެގެން ދިޔަ ދީގެން ނުވާނެ." ޕްރިޔަންކާ އިތުރަށް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން