އައު އަހަރު ފާހަގަކުރަން އަކްޝޭގެ އާއިލާއާއެކު ރާއްޖޭގައި--
އައު އަހަރު ފާހަގަކުރަން އަކްޝޭގެ އާއިލާއާއެކު ރާއްޖޭގައި--
އިންޑިއާގެ ލަކްޝަދީބުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ގޮވާލައިފައި ވަނިކޮށް އަކްޝޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުން ފާޑުކިއުން އަމާޒުވެއްޖެ އެވެ.

އަކްޝޭ އާއިލާއާއެކު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރީ އާ އަހަރު ފެށުމުގެ ގޮތުން ނެވެ.

ނަމަވެސް ޗުއްޓީ ހޭދަކޮށް ނިމުނުތަނާ ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އަކްޝޭ ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަކްޝޭ ބުނީ ރާއްޖެއިން ދެއްކި ނަފްރަތާ ގުޅިގެން ދެން އަމިއްލަ ގައުމުގެ ރަށްތަަކުގައި ޗުއްޓީ ހޭދަކުރަން ފަށަންވީ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ،

ނަމަވެސް އެ ޥާހަކަތައް ބައެއް މީހުންނަށް ހަޖަމެއް ނުވި އެވެ.

"އަމިއްލަ ގައުމުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްގެންތޯ." އިންޑިއާގެ ނޫސްވެރިޔާ ރޯހިތު ސިންގު ބުންޏެވެ.

އިންޑިއާގެ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީ، ޝިވް ސޭނާގެ ޑެޕިއުޓީ ލީޑަރު ޕްރިޔަންކާ ޗަތުރުޖީ ވެސް ވިދާޅުވީ އަކްޝޭއަށް އިންޑިއާގެ އެތެރޭގެ ފަތުރުވެރިކަން ފެނިގެން އުޅެނީ މިއަދު ކަމަށާއި އަދި އޭގެ ކުރިން އޮތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ކަމަށެވެ.

ސަރުކާރުގެ އޮފިޝަލުންތަކެއް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދައްކަން ފެށީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.

އެ ކެމްޕޭންތަކަކީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕޭންތަކެއް ކަމަށް ވެސް ގިނަ ފަރާތްތަކުން ދަނީ ސިފަ ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން