ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ
މާލޭ ރައްޔިތުން ވޯޓުލާނީ ތިލަފަތަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަށްވާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމްގެ ކެމްޕޭން ޙަރަކާތެއްގައި ރޭ ގަލޮޅު ކަންމަތީގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މާލޭ ރައްޔިތުން ތިއްބެވީ އެބޭފުޅުންގެ ވޯޓު އެމްޑީޕީއަށް ދެއްވުމުގެ ރޫޙުގައި ކަމަށެވެ. އަދި މާލޭގެ ގޭބިސީތަކަށް މިކެމްޕޭނުގައި ކުރަށްވަމުން ގެންދަވާ ޒިޔާރަތްތަކުގައި ރައްޔިތުން އެކަމަނާއަށް އެމެސެޖު ދެއްވަމުން ގެންދަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މާލެއަށް އޮތް އުންމީދަކީ އާދަމް އާޒިމް ކަމަށާއި، އާޒިމަކީ ނަތީޖާ ނެރެދެއްވާނެ ބޭފުޅެއްކަން މާލޭގެ ރައްޔިތުންނަށް ސާފުކަމަށެވެ. އެހެންކަމުން މާލޭގެ މޭޔަރުކަމުގެ ފުރުސަތު މާލޭގެ ރައްޔިތުން އާދަމް އާޒިމަށް އަރުވާނެ ކަމާމެދު ޝައްކު ނުކުރަށްވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަން އެގޮތަށްވާނީ ހުރިހާ ރައްޔިތުންވެސް ހޮނިހިރު ދުވަހު ވޯޓުފޮއްޓަށް ވޯޓު ލައިގެން ކަމަށާއި، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާއި، މާލޭއަށް ކުރިމަތިވެފައިވާ އެހެނިހެން މައްސަލަތަކަށް ބޭނުންވާ ޙައްލު އެމްޑީޕީން ހޯދައިދޭނެކަން މާރިޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުގެ އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު މި އިންތިޚާބުގައި ޖުމްލަ 5 ކެންޑިޑޭޓަކު ވާދަކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން